މޫސުން ގޯސްވާނެކަމަށް ލަފާކޮށް މާލޭއިން ވެލި ބަސްތާ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

މާލޭގައި ފެން ބޮޑުވުމުން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ، މާލޭގެ ތިން ތަނަކުން ވެލި ބަސްތާ ލިބޭނެ އިންތިޒާމު އެމްއެންޑީއެފުން މިއަދު ހަމަޖައްސައިފިއެވެ.

މި ތިން ތަނަކީ ކުޑަކުދިންގެ ބަގީޗާ، ސަލްމާން މިސްކިތް ހުންނަ ސަރަހައްދު އަދި ރަސްފަންނެވެ.

ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ފުލުހުންނާއި ސިފައިން އަދި އެންޑީއެމްއޭ ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ވަނީ ފަށާފައެވެ. މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ޕްރެސް ކޮންފަރެންސްއެއް ބާއްވާފައި ވެއެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައިވަނީ މި މަހު ކުރީކޮޅުގައި މާލެއަށް ކުރި ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވި 56 އަށް ވުރެ ގިނަ ގޭގޭގައި މިހާރުވެސް ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށެވެ. އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވެފައިވަނީ ވެލި ބަސްތާ ޖަހަން ބޭނުންވާ އިތުރު ގެތަކުން އެކަމަށް އެދުމުން އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

އިމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ބޭނުންވާނަމަ އެންޑީއެމްއޭގެ ހޮޓްލައިން 115 އަށް ގުޅުމަށް އެ އިދާރާއިން އެދިފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

35 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy