ޓާސްފޯސްއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ރައްޔިތުން ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައްވައިފިއެވެ.
މި ޓާސްކް ފޯހުގައި ހިމެނެނީ އެމްއެންޑީއެފް، ޕޮލިސް އަދި އެންޑީއެމްއޭ އެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އުދަ އަރާނެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ ޓާސްކް ފޯހުގެ ޖޮއިންޓް އޮޕަރޭޝަން މަރުކަޒު ބަންޑާރަކޮށީގައި ޤާއިމްކޮށްފައިވާ ކަމަށެވެ. މާލޭގައި ވެލި ބަސްތާ ޖެހުމާއި ޕަންޕް ސްޓޭޝަންތައް ބޭނުންކުރުމަށް ސިފައިން ތައްޔާރަށް ތިބިކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ފުލުހުންވެސް މާލެއާއި އަތޮޅުތެރޭގައި ތައްޔާރަށްތިބި ކަމަށެވެ. ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެހިކަލް ނުދުއްވުމަށާއި ފުލުހުންގެ އިރުޝާދުތަކަށް ބޯލެބުމަށް އޭނާ އެދިވަޑައިގަތެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ އެ އިދާރާގެ އިމަރޖެންސީ އޮޕަރޭޝަންސް އެކްޓިވޭޓްކޮށްފައިވާ ކަމަށެވެ. މާލޭގައި 57 އަށްވުރެ ގިނަ ތަންތަނުގައި ވެލިބަސްތާ ޖަހާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މޫސުމީ ވިއްސާރައިން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އޮފިޝަލުން އެދިވަޑައިގަތެވެ. މީގެ ތެރޭގައި ސައިކަލު ރައްކާތެރި ސަރަހައްދުތަކުގައި ޕާކުކުރުމާއި، އަގުބޮޑެތި މުދާތައް ރައްކާތެރި ކުރުން ހިމެނެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް