އެމްއެންޑީއެފާ އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ފެށި ތަމްރީނުގެ ބައިވެރިން -
"އެކްސަސައިޒް ފްލޭޝް މެޓަލް 2025–7006" މިއަދު ފަށައިފި އެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު، މޭޖާ މޫސާ ނިޔާޒު އެވެ.
އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދާ މި އެކްސަސައިޒް ކުރިއަށްދާނީ މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ގިރިފުށްޓާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ނިސްބަތްވާ ލ .އަތޮޅުގެ ބައެއް ރަށްތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގަ އެވެ.
އެގޮތުން މި އެކްސަސައިޒްގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ މެންބަރުންނާއި، އެމްއެންޑީއެފް މެރިންސް ބައިވެރިވެ އެވެ.
މި އެކްސަސައިޒްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ، އެމެރިކާ އަސްކަރިއްޔާގެ ސިފައިންނެވެ.
ގިރިފުއްޓާއި ލ. އަތޮޅުގައި ކުރިއަށް ގެންދާ މި އެކްސަސައިޒަކީ، އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ ސިފައިންނާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ އެކްސަސައިޒް ތަކުގެ ތެރެއިން ކުރިއަށްގެންދާ އެކްސަސައިޒެކެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް