އެއް އަހަރު ތެރޭ މުދަލު ޒަކާތަށް 101 މިލިއަން ލިބި ރެކޯޑް ހަދައިފި

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަނީ --

މިދިޔަ އަހަރަކީ ތާރީހުގައި ވެސް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދަކުން ފައިސާ ލިބުނު އަހަރު ކަމުގައި އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި ޒަކާތު ހައުސްއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ތަރައްގީ ކުރުމަށް އެޅިގެން ދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި މިދިޔަ އަހަރު ޒަކާތު ހައުސް އިން ޒަކާތާ ގުޅޭ ކަންކަމަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުވުމަށް ޓަކައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތުން ޒަކާތުގެ ކަންކަމަށް ފަތުވާތެރިވާ މިންވަރު އިތުރުވެފައިވާ ކަން މޯލްޑިވްސް އިންލޭންޑް ރެވެނިއުއިން އެކުލަވައިލި ތަފާސް ހިސާބު ތަކުން ދައްކާ ކަމަށް މިނިސްޓްރީ ބުނެ އެވެ.

"މިއީ ރާއްޖޭގެ ތާރީހުގައ ވެސް އެއް އަހަރެއްގެތެރޭ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު އަދަދުކަން ފާހަގަ ކުރަން،" އެ މިނިސްޓްރީން ބުންޏެވެ.

އިތުރަށް މިނިސްޓްރީން ބުނީ، ޒަކާތުގެ ގޮތުގައި ލިބޭ ފައިސަ އަބަދު ވެސް ހަރަދު ކުރެވެމުން ދަނީ ޝަރުއީ އުސޫލު ތަކާއި މިންގަޑު ތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އޭގެ ހައްގުވެރީންގެ މައްޗަށް ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy