ސައުދީއާއެކު އޮންނަ ގުޅުން ވަރުގަދަ ކުރަން ރައީސް މުއިއްޒު އަހަމިއްޔަތުކަން ދެއްވާ: ޝަހީމް

ޑރ. ޝަހީމް ސައުދީގެ ހައްޖު މިނިސްޓަރު ތައުފީގު ރަބީއާ ބައްދަލު ކުރެއްވުން - ފޮޓޯ/ މިނިސްޓްރީ

ސައުދީ އަރަބިއްޔާއާއެކު އޮންނަ އަހުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީގު ރަބީއާގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ މަނިކުފާނާއެކު ބެއްވެވި ބައްދަލުކުރެއްވުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޝަހީމް ވަނީ، ހައްޖާއި އުމްރާގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ދެ ހަރަމްފުޅަށް ހިދުމަތް ކުރުމުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

އަދި ދުނިޔޭގެ ކަންކޮޅު ތަކުން އަންނަ ހައްޖުވެރީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ރަސްގެފާނު ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަ ކުރައްވައި އެކަމަށް ވެސް ޝަހީމް ޝުކުރު އަދާ ކުރެއްވި އެވެ.

މީގެ އިތުރުން، ދިވެހި ހައްޖުވެރިންނަށް ދިމާވާ ދަތިތައް ހައްލު ކުރެއްވުމަށް ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އަބަދު ވެސް ދެމުން އަންނަ އެހީތެރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ސައުދީއާ އޮންނަ އަހުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމި އޮންނާނެ ކަމަށެވެ.

ސައުދީގެ ހައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ހައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަ ކުރައްވާފައިވެ އެވެ.  

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ ޑރ. ތައުފީގު ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު އަރުއްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގެ ތެރެއިން 1446 ވަނަ އަހަރުގެ ހައްޖު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސައުދީ ސަރުކާރާއިދެމެދު ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

17 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy