ކަނޑު ގަދަ ދުވަހެއްގައި ލޯންޗަކާ ދޯންޏެއް ދަތުރު ކުރަނީ -- ފޮޓޯ ކްރެޑިޓް/ ސަން
މާދަމާ މެންދުރު ފަހު ނޫނީ ރޭގަނޑުން ފެށިގެން އަނެއްކާވެސް ރާއްޖެއަށް ވިއްސާރަ ކުރަން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު އިންޒާރު ދީފިއެވެ.
މިއަދު މޫސުން ރީތިކޮށް އޮތް ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވެ، ވައި އަދި ކަނޑު ގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.
މި އަހަރު ފެށުނީ ވެސް ރާއްޖެއަށް ބޮޑު ވިއްސާރަގަނޑަކާ އެކު އެވެ. އޭގެ ފަހުން ކުޑަ ދުވަސްކޮޅަކު މޫސުން ރީތިކޮށްލާފައި އޮތުމަށް ފަހު އިއްޔެ އަނެއްކާ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރިޔެވެ. މެޓު އޮފީހުން ބުނީ މޫސުން އަދިވެސް އަލިނުކުރާ ކަމަށެވެ.
މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިރުމައްޗަށްވާ ގޮތަށް، ސްރީ ލަންކާ ކައިރީގައި ބޯ ވިލާތައް ދައުރުވާ ސާކިއުލޭޝަންތަކެއް އުޅޭ ކަމަށާއި، އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ. އަދި މާދަމާ މެންދުރު ފަހުން ނޫނީ ރޭގަނޑުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ވިއްސާރައިގައި ދޭތެރެ ދޭތެރެއިން، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ވައިގަދަވެ، އޭގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިލާގަނޑު އަލިކޮށްލާނެ ކަމަށް ބެލެވެނީ އަންނަ ހޮނިހިރު ދުވަހުގެ ފަހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް