ވެރިކަން ވައްޓާލަން މަސައްކަތްކުރެއްވި ކަމަށް އަލީ އާޒިމް އިއުތިރާފުވެއްޖެ

މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް

ރައީސް މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އާޒިމް ވިދާޅުވީ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން، މަޖިލީހުގެ ތެރެއިން އޮންނަ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރެއްވި ކަމަށެވެ. އަދި އެ ދުވަހު އެކަން ކުރެވުނުނަމަ، މިއަދު މި ދެކޭ ދަތި އުނދަގޫތަކެއް ނުފެންނާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ ދައުރު ނިމެންދެންވެސް ރައީސް މުޢިއްޒުގެ ވެރިކަން އޮންނަންޖެހޭ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި އޮންނަ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ވެރިކަން ބަދަލުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ނިމިދިޔަ 19 ވަނަ މަޖިލީހުން ވަނީ، އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސްއާއި ނައިބު ރައީސް މަޤާމުން ވަކިކުރެވޭގޮތަށް ގަވާއިދު އިޞްލާޙުކޮށްފައެވެ. މި އިޞްލާޙު ހުށަހެޅުއްވީ އަލީ އާޒިމްކަން ފާހަގަކޮށްލެވެއެވެ.

އާޒިމުގެ މިވާހަކަތަކުން ރައީސް މުޢިއްޒުގެ ވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތްތަކުގެ ތަފްޞީލު މިވަނީ އާންމުންނަށް ހާމަވެގެން ގޮސްފައެވެ.  

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

15 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy