އެމެރިކާގެ އަލިފާނުގެ ހާދިސާ: މިހާތަނަށް 13 މީހުން މަރުވެ 153,000 ގެދޮރުދޫކޮށް ދާންޖެހިއްޖެ

މިއީ އެމެރިކާގެ ތާރީޙުގައި ހިނގާ އެންމެ ބޮޑު އަލިފާނުގެ ހާދިސާ

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އެމެރިކާގެ ލޮސް އޭންޖަލަސް (އެލްއޭ) ގައި ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

މިހާތަނަށް 6 ސަރަހައްދަކަށް މި އަލިފާންގަނޑު ފެތުރިފައިވާއިރު، މި ހާދިސާއާ ގުޅިގެން 11 މީހަކު ވަނީ މަރުވެފައެވެ.

ގަދަ ވަޔާއި ގިނަ ދުވަހު ވާރޭ ނުވެހުމުގެ ސަބަބުން ރޯވިކަމަށް ލަފާކުރާ މި އަލިފާންގަނޑު އިއްޔެ އެ ސަރަހައްދުގެ ބްރެންޓްވުޑް ނެއިބާހުޑްއާ ދިމާލަށް މިސްރާބުޖެހުމާ ގުޅިގެން އެ ސަރަހައްދުން މީހުން ހުސްކުރުމަށް އަމުރު ނެރެފައިވެއެވެ. އެލްއޭގެ ކައުންޓީ އޮފީސް އޮފް އެމަޖެންސީ މެނޭޖްމަންޓްގެ ތަރުޖަމާނު ޖީސަސް ރުއިޒް ވިދާޅުވީ، އަލިފާންގަނޑު ވަރަށް އަވަސް ސްޕީޑެއްގައި ފެތުރެމުންދާކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެލްއޭގައި އުޅޭ 153,000 މީހުން އެމީހުންގެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، 12,000 އަށްވުރެ ގިނަ އިމާރާތް ވަނީ އަލިފާނުގައި އަނދައިގެން ގޮސްފައެވެ. މިއީ އެލްއޭގެ ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއަށްވާއިރު، މި ހާދިސާގައި މިހާތަނަށް ލިބުނު ގެއްލުމުގެ އަދަދު 8 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޕެލިސައިޑްސް، އީޓަން، ހާސްޓް، ލިޑިއާ، ކެނެތު އަދި އާޗަރ ހިމެނެއެވެ. މި ސަރަހައްދުތަކުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ޕެލިސައިޑްސް ސަރަހައްދަށެވެ. އެމެރިކާގެ އަލިފާން ނިއްވާ ފަރާތްތަކުގެ އިތުރުން ކެނެޑާއިން ވެސް އަންނަނީ މި އަލިފާންގަނޑު ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy