މުޖުތަމައުގައި އެންޖީއޯ ތަކުން އަދާ ކުރަނީ މުހިއްމު ދައުރެއް: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު -- ފޮޓޯ ކްރެޑިޓް/ ރައީސް އޮފީސް

ދައުލަތުގެ އިދާރާތަކާއި މުއައްސަސާ ތަކަށް ވާސިލު ނުވެވި ތިބޭ ފަރާތްތަކާ ހަމަޔަށް ވާސިލުކޮށް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެ ވޭނީ އެންޖީއޯ ތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ވިލާ ކޮލެޖްގެ ކިއު އައި ކެމްޕަހުގައި މިއަދު ބޭއްވި މަމްސް އެއިޑްގެ ހަ ވަނަ އަހަރީ ގާލާ އެންޑް ފަންޑްރައިސިންގް ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން މުޖްތަމައުގައި ވަރަށް މުހިންމު ދައުރެއް އެންޖީއޯތައް އަދާކުރާ ކަމުގައި މެޑަމް ސާޖިދާ ފާހަގަ ކުރެއްވި އެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، އަންހެނުންނަށް ކުރާ އަނިޔާތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްކޮށްދީ، އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކަ ދައްކާއިރު، އަމަލީ ގޮތުން މިކަން ހާސިލްކުރެވޭނީ މިފަދަ އެންޖީއޯ ތަކަށް މުޖްތަމައުގައި ދެވޭ މަގާމާއި ހަައިސިއްޔަތު ވަރުގަދަ ކޮށްގެން ކަމުގައި ވިދާޅުވި އެވެ.

މި ހަފްލާގައި، މަމްސް އެއިޑު އުފެދި، މި ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭ ޖަމިއްޔާއިން ކުރި މުހިންމު މަސައްކަތް ތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެ އެވެ. އަދި މަމްސް އެއިޑަށް އެކި ގޮތް ގޮތުން އެހީތެރިވެދޭ ސްޕޮންސަރުންނާއި ޕާޓްނަރުންގެ އަގުވަޒަންކުރި އެވެ.

މި ފެށުނު 2015 ވަނަ އަހަރުގެ މުހިންމު ހަރަކާތެއްގެ ގޮތުގައި، "ފަންޑް ރެއިޒާ ފޯ ހޯޕް ފޯ މަމްސް ކެމްޕެއިން" ވެސް މި ހަފްލާގަައި އިފްތިތާހު ކުރި އެވެ. އަދި މަމްސް އެއިޑުން މިއަހަރަށް ކަނޑައެޅި "2025 އިމްޕެކްޓް ޕާޓްނަރުން" ވެސް އިއުލާނު ކުރި އެވެ.

މަމްސް އެއިޑަށް ކޮށްދިން ހިދުމަތް ފާހަގަކޮށް، އެ ޖަމްއިއްޔާގެ ފަސް މެންބަރަކަށް މި ހަފްލާގަައި ދިން ހަނދާނީ ފިލާ އެ ފަރާތްތަކާ ހަވާލުކޮށް ދެއްވީވެސް ރައީސްގެ އަނބިކަނބަލުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

56 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy