އެމްއެމްޕީއާރްސީގެ މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އުކުޅަހުގައި ބާއްވައިފި

އެމްއެމްޕީއާރުސީ ބޯޑު ބައްދަލުވުމުގެ ތެރެއިން

މި ސަރުކާރުގެ ފަރާތުން ލޯކަލް ޓްއަރިޒަމަށް އިސްކަންދޭކަން ހާމަކޮށްދިނުމަށްޓަކައި އެމްއެމްޕީއާރްސީގެ މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އއ. އުކުޅަސް ކޮންވެންޝަން ސެންޓަރުގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީއާއި، ޗެއަރމަން އަބްދުﷲ ޣިޔާސް ރިޔާޒުގެ އިތުރުން ބޯޑު ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގެ މަޤްޞަދަކީ ލޯކަލް ޓުއަރިޒަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ އިސްކަން ހާމަކޮށްދިނުމާއި، އެމްއެމްޕީއާރްސީން ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަންތިއެއްގެ ފަރާތްތަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުރިކަން އަންގައިދިނުން ކަމަށް ޝިއުރީ ވިދާޅުވިއެވެ.

މި ދަތުރުގައި އެމްއެމްޕީއާރްސީގެ ޓީމުން އުކުޅަހުގެ ކައުންސިލާއި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓުއަރިޒަމް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވިއެވެ. އުކުޅަހަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ރަށަކަށްވުމާއެކު، މި ބައްދަލުވުން އެ ރަށުގައި ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާ ގުޅޭ މަސައްކަތްތައް ކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކުންފުންޏެކެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

41 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy