ހަސަން ލަތީފް
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓިކް ޕާޓީ (ޑިމޮކްރެޓްސް) ގެ ރައީސްކަމުން ހަސަން ލަތީފް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަޤާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައި ނުވިނަމަވެސް، މިވަގުތަށް އެއީ މުހިންމު ނިންމުމެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ހަސަން ލަތީފްގެ އިސްތިއުފާއާ ގުޅިގެން، އޭނާ އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އޭނާ އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ހަސަން ލަތީފަކީ ޑިމޮކްރެޓްސްގެ މުއައްސިސް މެންބަރެއް ކަން ފާހަގަކޮށްލެވެއެވެ.
ހަސަން ލަތީފްގެ އިސްތިއުފާގެ ކުރިން، ޑިމޮކްރެޓްސްގެ އެހެން އިސް މެންބަރުންތަކެއް ރޭގެ ވަގުތެއްގައި ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. މީގެ ތެރޭގައި އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ރަނިންގ މޭޓުގެ ގޮތުގައި ވާދަކުރެއްވި، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރާއި، ރައީސް ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި މުޙައްމަދު ޝިފާޒާއި އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވައެވެ.
މި ހުރިހާ ކަމަކާއެކު، ޑިމޮކްރެޓްސްގެ މުސްތަޤުބަލާމެދު ސުވާލު އުފެދިފައިވާއިރު، ޕާޓީގެ އެހެން މެންބަރުންވެސް އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ލަފާކުރެއެވެ. މިކަމުން ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙަށް އަންނާނެ ބަދަލުތަކަކީ ގިނަ ބައެއްގެ ޝައުޤުވެރިކަން އޮތް ކަމެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް