ރައީސް މުޢިއްޒު އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރޭގެ ވަގުތަކުން ފެށިގެން މިއަދު ހެނދުނާ ހަމައަށް މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ގެއްލުން ލިބުނު ހަތް ގޭބީސީއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކުރި ގޮތުގައި، މި 44 މީހުންނަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދެވިފައިވެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނާ ގޮތުގައި މިފަހަރުގެ ވިއްސާރައިގައި މާލެއަށް 130 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިއީ ފާއިތުވި ހަފްތާގައި ވެހުނު ވާރެއަށްވުރެ މަދު އަދަދެކެވެ.

ފެންބޮޑުވި ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދަނީ ކުރަމުންނެވެ. އެމްއެންޑީއެފުން ބުނާ ގޮތުގައި މިހާތަނަށް 18،000 ޓަނަށް ވުރެ ގިނަ ފެން މާލެއިން ބޭރުކޮށްފައިވެއެވެ.

މެޓުން އިތުރަށް ހާމަކުރި ގޮތުގައި މިއަދު ހަވީރު 6.00 އާއި ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރުމުގެ ފުރުސަތު އޮތެވެ. އަދި ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އޮތް ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ފާއިތުވި ހަފްތާގައި ވެސް މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، މީހުންގެ މުދަލަށާއި ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ދުވަހު އެމްއެންޑީއެފުން 30،000 ޓަނުގެ ފެން މާލެއިން ބޭރުކުރިއެވެ. އަދި އެންޑީއެމްއޭ އިން ބުނާ ގޮތުގައި އެ ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 3 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy