ޓްރަމްޕްގެ މައްޗަށް ސާބިތުވި ކުށްތަކަށް އަދަބު ނުދީ ދޫކޮށްލުމަށް ހުކުމްކޮށްފި

ސަރީއަތުގެ މަޖިލިހެއްގައި ޓްރަންޕު

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަށް އަދަބެއް ނުދީ ދޫކޮށްލުމަށް ހުކުމް ކޮށްފިއެވެ.

މި ހުކުމާއެކު ޓްރަމްޕް ވެގެންދާނީ ޖިނާއީ ކުށެއް ސާބިތުވެފައި ހުރެގެން ރައީސްކަން ކުރައްވާ ފުރަތަމަ ބޭފުޅާއަށެވެ.

ފަނޑިޔާރު ހުއާން މާޗަން ވިދާޅުވީ މިއީ އާދަޔާ ޚިލާފު މައްސަލައެއް ކަމަށާއި، ގައުމުގެ އެންމެ މަތީ މަގާމަށް ހުރަސް ނޭޅޭ ގޮތަށް، ދެވޭނެ ގާނޫނީ އަދަބަކީ ޝަރުތެއް ނެތި ދޫކޮށްލުން ކަމަށެވެ.

ޝަރީއަތުގައި ޓްރަމްޕް ބައިވެރިވެވަޑައިގަތީ ވަކީލުންނާއެކު ވާޗުއަލްކޮށެވެ. ހުކުމް އިއްވުމުގެ ކުރިން ވާހަކަދައްކަވަން ފުރުސަތު ދެއްވުމުން ޓްރަމްޕް ވިދާޅުވީ މިއީ އެމަނިކުފާނުގެ އަބުރު ކަތިލުމަށާއި އިންތިޚާބު ކާމިޔާބުވިޔަ ނުދިނުމަށް ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށެވެ.

ޓްރަމްޕްގެ މައްޗަށް ކުށުގެ 34 ދައުވާއެއް ސާބިތުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. މި ދައުވާތައް ގުޅިފައިވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭ ބަރަހަނާ ފިލްމުކުޅޭ އަންހެނަކާ އެކު ހިންގި ކަމަށް ބުނާ ނަހަމަ ގުޅުމުގެ ވާހަކަ ސިއްރުކުރުމަށް ފައިސާ ދިނުމާއި، އެ ފައިސާގެ އަސްލު އޮޅުވާލަން ވިޔަފާރީގެ ރެކޯޑްތައް ބަދަލުކުރި މައްސަލައާއެވެ.

ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 20ވަނަ ދުވަހެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

17 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy