މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ރީނދޫ އަދި ހުދު ސަމާލު ނެރެފި

ރާއްޖޭގެ މޫސުން މިދުވަސްކޮޅު އަނެއްކާވެސް މިވަނީ ވަރަށް ބޮޑަށް ގޯސްވެފައި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ އިދާރާ (މެޓް އޮފީސް) އިން ބައެއް އަތޮޅުތަކަށް ރީނދޫ އަދި އަނެއްބައި އަތޮޅުތަކަށް ހުނދު ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ ށ އަތޮޅުން ފެށިގެން ތ އަތޮޅަށެވެ. މި ސަމާލު ދެމިއޮންނާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 13:00 އާ ހަމައަށެވެ.

ހުދު ސަމާލު ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅަށެވެ. މި ސަމާލު ދެމިއޮންނާނީ މިއަދު ހެނދުނު 8:45 އިން މެންދުރުފަހު 14:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު، ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، ގުގުރާނެކަމަށް ލަފާކޮށްފައިވެއެވެ. މިކަންކަމަށް ރިޢާޔަތްކޮށް، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

މި މޫސުމުގެ ހާލަތު މިއަދު ހަވީރު 18:00 އާ ހަމައަށް ދެމިގެންދާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

20 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy