މިއަހަރުގެ ޙައްޖު ފުރުޝަތު ލިބުނު މީހުންނަށް ދަޢުވަތު ފޮނުވަން ފަށައިފި

ހައްޖަށް ދިއުމަށް ގިނަބަޔަކު ވަނީ ފައިސާ ދައްކާފައި

މިއަހަރު ރާއްޖެއިން ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް ދަޢުވަތު ފޮނުވަން ފަށައިފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީލް ވިދާޅުވިގޮތުގައި ދަޢުވަތު ފޮނުވަމުންދަނީ ޙައްޖު ކިއު ތަރުތީބުންނެވެ.

ޝަކީލް ވިދާޅުވީ މިދިޔަ އަހަރުގެ ޙައްޖުގެ މަޝާޢިރުގައި ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މިގޮތުން މިމަހު ސަޢުދީ އަރަބިއްޔާގައި ބޭއްވޭ ޙައްޖު ކޮންފަރެންސްގައި މުތައްވިފުންނާ ބައްދަލުކޮށް މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް އިދާރީ ތައްޔާރީތައް ވަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި މިނާގައި ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް، އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅު އަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ 1,000 ޙައްޖު ކޯޓާ މިހާރު ބަހާލަނީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށެވެ. މީގެ އިތުރުން ސަރުކާރުން ނިންމަވާފައިވަނީ 50 ފަޤީރުން ޙައްޖަށް ފޮނުވުމަށެވެ.

ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި މިހާރު އެ ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ކިއުގައި 9,115 މީހުން އެބަ ތިއްބެވެ. މީގެ ތެރޭގައި 65 އަހަރުން ދަށުގެ 7,543 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1,461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުން ހިމެނެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

20 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy