މާލެއިން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ / ފޮޓޯ:އެމްއެންޑީއެފް
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއިން 6 ގަޑިއިރު ތެރޭގައި 13،000 ޓަނަށްވުރެ ގިނަ ފެން ހިންދައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މި މަސައްކަތް ފެށީ ރޭ ދަންވަރު 3:00 ހާއިރުއެވެ.
އެމްއެންޑީއެފުން ވިދާޅުވިގޮތުގައި މިހާތަނަށް ޖުމްލަ 13،882 ޓަނުގެ ފެން ހިންދާފައިވެއެވެ. މި މަސައްކަތަށް މާލޭގެ 8 ސަރަހައްދެއްގައި 23 ޕަމްޕު ބަހައްޓާފައިވެއެވެ. މީގެތެރޭގައި ވެސްޓް ޕާކު، ވިލިމާލެ ފެރީ ޓާމިނަލް، ބޮޑުވަޅު، ކިންގް ސަލްމާން މިސްކިތް، ދަރުބާރުގެ އަދި ސޯޝަލް ސެންޓަރ ސަރަހައްދު ހިމެނެއެވެ.
ފެން ހިންދުމުގެ އިތުރުން، އެމްއެންޑީއެފުން ވަނީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެއަށް ރޭ އެކަނި 130.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ހުޅުލެއަށް 79.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މޫސުމާބެހޭ އިދާރާއިން ވަނީ މިއަދު މެންދުރު 2:00 އާ ހަމައަށް ހއ. އިން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އަދި ށ. އަތޮޅުން ތ. އަތޮޅަށް، މެންދުރު 1:00 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް