އެސްޓީއޯ ރަމަޒާން ބާޒާރު 2025 -- ފޮޓޯ ކްރެޑިޓް/ އެސްޓީއޯ
ރޯދަ މަހަށް ހާއްސަކޮށް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި އިނާމުތަކާއި އަދި ހަރަކާތްތަކަކާއެކު ފަށައިފި އެވެ.
ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތް ތަކާއި އިނާމުތަކެއް ލިބޭ މި ބާޒާރު ރެއިން ފަށައިގެން މާޗު 31ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
އެސްޓީއޯ ރަމަޒާން ބަޒާރަކީ ވިޔަފާރި ކުރާ ފަރާތް ތަކުގެ ތެރޭގައި އެންމެ މަގުބޫލް އެއް ސޭލެވެ.
އެހެން އަހަރު ތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަ ތަކުން ކަސްޓަމަރުންނަށް ލިބޭނެ ކަމަަށް އެސްޓީއޯ އިން ބުނެ އެެވެ.
މި އަހަރުގެ ރަމަޒާން ބާޒާރުގައި %50 އާ ހަމައަށް ހޯމްއެޕްލަޔަންސް އައިޓަމް ތަކުން ޑިސްކައުންޓް ލިބޭނެ އެވެ. އަދި 500 ރުފިޔާ އިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭއިރު, ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕަރެެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރަމަޒާން ބާޒާރު 2025ގެ އެންމެ ހާއްސަ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައަޅާފައިވެ އެވެ.
އޭގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާއިރު އާއިލީ ހަވީރަކާއި އިންސްޓޯރު ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް