ހަށި ވިއްކި މައްސަލައިގައި ޑީޕޯޓްކޮށްލި ވިއެޓްނާމްގެ ދެ އަންހެނުން --
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް ޑީޕޯޓްކޮށްލައިފި އެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިއަ އޮޕަރޭޝަނެއްގައި ފުޅާދާއިރާ އެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީ ދެ އަންހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މީގެތެރެއިން އެކަކީ ވޯކް ވިސާގައި ރާއްޖޭގައި އުޅެމުންދިއަ މީހެއް ކަމަށާއި އަދި ދެވަނަ މީހާއަކީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސްފައިވާ މީހެއްކަން އިމިގްރޭޝަނުން ފާހަގަ ކުރި އެވެ.
އޭގެ އިތުރުން މި މައްސަލައިގެ ތަހުގީގު ކުރުމަށްފަހު، މި ދެ މީހުން ވެސް މިހާރު ޑީޕޯޓުކޮށްފައި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ހައްޔަރު ކުރި މި ދެ އަންހެނުންނަކީ ވިއެޓްނާމަށް ނިސްބަތްވާ ބައެކެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އަންނަނީ އިމިގްރޭޝަނާ ފުލުހުން ގުޅިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް އެއް އަހަރުވީއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓު ކޮށްލާފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް