މިދިޔަ އަހަރު 56 ބިދޭސީން ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން އުޅެނިކޮށް ހިފެހެއްޓި: އިމިގްރޭޝަން

އިމިގްރޭޝަނުން ގެންދަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުން

މިދިޔަ އަހަރު ގަވާއިދާ ޚިލާފަށް ވައިގެ މަގުން ރާއްޖެއަށް އެތެރެވާން އުޅުނު 56 ބިދޭސީން ހިފެހެއްޓި ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙުމަދު ވަޙީދު ވިދާޅުވީ، މި ބިދޭސީން ހުއްޓުވުނީ ބޯޑަރުގައި މަސައްކަތްކުރާ އޮފިސަރުންގެ ހުޝިޔާރުކަމުން ކަމަށެވެ.

ވަޙީދު ފާހަގަކުރެއްވި ގޮތުގައި، ޝަޚްޞު އޮޅުވާލައިގެން ފޯޖު ޑޮކިއުމަންޓް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރާ އެތައް ބަޔަކު ތިބޭނެކަން ގަބޫލުކުރަން ޖެހެއެވެ. އެހެންނަމަވެސް، އަހަރެއްގެ ތެރޭގައި 56 މީހުން މިގޮތަށް ހިފެހެއްޓުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގައި ވަގު ޕާސްޕޯޓާއި އައިޑީ ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު އަށް މީހަކު ހިފެހެއްޓިފައިވެއެވެ. ދެވަނަ ކުއާޓަރުގައި ވަގު ޕާސްޕޯޓް އަދި ފޯޖުކުރި ޕާސްޕޯޓް ބޭނުންކޮށްގެން 17 މީހަކު ހިފެހެއްޓިފައިވެއެވެ.

ތިންވަނަ ކުއާޓަރުގައި އެންމެ ގިނަ ބާވަތްތަކުގެ މައްސަލަތައް ފާހަގަކުރެވުނެވެ. މީގެ ތެރޭގައި ވަގު ޕާސްޕޯޓް، އައިޑީ، ބަޔޯ ޕޭޖް، ފެންޓަސީ ޕާސްޕޯޓް، އެހެން މީހެއްގެ ގޮތުގައި ހެދުން، ވަގު ވިސާ އަދި ވަގު ސްޓޭމްޕް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 20 މީހަކު ހިފެހެއްޓިފައިވެއެވެ.

އިމިގްރޭޝަނުން ދަނީ ރާއްޖެއަށް ގަވާއިދާ ޚިލާފަށް ބޯޑަރު ހުރަސްކޮށް ވައިގެ މަގުން އެތެރެވާން މަސައްކަތްކުރާ ފަރާތްތައް އަތުލައިގަތުމަށް މަސައްކަތްކޮށް، ސެކިއުރިޓީ ބަލަހައްޓަމުންނެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު 56 ބިދޭސީން ހިފެހެއްޓިފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy