މުސްލިމް ވޯލްޑް ލީގުގެ ކޮންފަރެންސަށް ޑރ. ޝަހީމް ޕާކިސްތާނަށް

މިނިސްޓަރު ޝަހީމް ޕާކިސްތާނުގައި

މުސްލިމް ވޯލްޑް ލީގުގެ ބައިނަލްއަޤުވާމީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޕާކިސްތާނަށް ވަޑައިގަންނަވައިފިއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެނުންނަށް ތަޢުލީމުދިނުމާ ބެހޭގޮތުން ބާއްވާ ކޮންފަރެންސްގެ ޢިލްމުވެރިންގެ ސެޝަންގައި ޑރ. ޝަހީމް ވާހަކަފުޅުދައްކަވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މި ކޮންފަރެންސް އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންފަރެންސްގެ މަޤްޞަދަކީ އިސްލާމީ މުޖުތަމަޢުތަކުގައި އަންހެނުންނަށް ތަޢުލީމު ޙާސިލުކުރުމުގައި ދިމާވާ ދަތިތައް ނައްތާލުމުގެ ގޮތުން ޕްރޮގުރާމްތައް ތަޢާރަފްކޮށް، އައު މަސައްކަތްތަކެއް ފެށުމެވެ.

ވަޒީރު ޑރ. ޝަހީމަކީ މުސްލިމު ވޯލްޑްލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ. މުސްލިމް ވޯލްޑް ލީގަކީ އިސްލާމީ ވަހުދަތު ފެތުރުމަށާއި ދީނާމެދު ހޭލުންތެރިކަން އުފެއްދުމަށް ސަޢުދީ ޢަރަބިއްޔާގެ މައްކާގައި އުފެދުނު ބައިނަލްއަޤުވާމީ ޖަމިއްޔާއެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

38 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy