ރޭގެ މެޗުގައި ރިއަލުން ވަނީ މޮޅުކުޅުމެއްދައްކާފައި
ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި މަޔޯކާ އަތުން 3-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި، ރެއާލުން ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. މިއީ މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ބައްދަލުކުރި ދެ ޓީމެވެ.
ޖިއްދާގެ ކިންގްސް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މެޗުގައި މަޔޯކާއިން ވަނީ ރެއާލަށް ރަނގަޅު ފައިޓެއް ދީފައެވެ. ނަމަވެސް ރެއާލުން ލީޑުނެގީ 63 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ޖެހި ގޯލުންނެވެ. މިއީ، ބެލިންހަމް އެންމެ ފަހުން ކުޅުނު ނުވަ މެޗުން ޖެހި ހަތްވަނަ ގޯލެވެ.
މަޔޯކާއިން ނަތީޖާ ހަމަހަމަކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބެއްނުވިއެވެ. ރެއާލުން ވަނީ މެޗުގެ އިތުރު ވަގުތުގައި އަދި ދެ ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން އެއް ގޯލަކީ މަޔޯކާގެ މާޓިން ވަލްޖެންޓް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮޑްރީގޯއެވެ.
ރެއާލުން ސުޕަ ކަޕް 13 ފަހަރު ކާމިޔާބުކޮށްފައިވާއިރު، އެންމެ ގިނަ ފަހަރު ސުޕަ ކަޕް ތަށި އުފުލާލި ޓީމަކީ 14 ފަހަރު ޗެމްޕިއަންކަން ހޯދި ބާސެލޯނާއެވެ. މިފަހަރުގެ ފައިނަލުގައި މި ދެ ޓީމު ބައްދަލުވުމުން، މި ވާދަވެރިކަން އިތުރަށް ބޮޑުވެގެން ދާނެކަމަށް ބެލެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް