ސަފާރީއަކުން މޫދަށް ވެއްޓުނު ދިވެއްސަކު ގެއްލިގެން ހޯދަނީ

ސަފާރީން ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުން

އދ. އަތޮޅުގެ ރިސޯޓެއް ކައިރީގައި އޮތް ސަފާރީއަކުން މޫދަށް ވެއްޓުނު ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ފަށައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނި ގޮތުގައި މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 7" ސަފާރީއިން ރޭ ކަނޑަށް ވެއްޓުނު ދިވެއްސަކު ގެއްލިފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ އަލީ އަރުޝަދު (35 އަހަރު)، ސީވީޑް، ނ. ހޮޅުދޫ އެވެ. ފުލުހުން ބުނި ގޮތުގައި އަރުޝަދު ގެއްލިގެން ސަފާރީން މިއަދު ރިޕޯޓްކުރުމުން އެ ބޯޓުގެ ސީސީޓީވީ ފުޓޭޖުތައް ބެލިއިރު އަރުޝަދު ސަފާރީގެ ޑެކް މަތީ ހުއްޓާ މޫދަށް ވެއްޓޭ މަންޒަރު ފެންނަ ކަމަށެވެ. އަދި މޫދަށް ވެއްޓެން ދިޔައިރު އޭނާގެ ބޯ ބޯޓުގެ އަރިމަތީ ޖެހިފައިވާކަން ފާހަގަވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި އަރުޝަދު ގެއްލިގެން ހޯދުމުގެ މަސައްކަތް ސިފައިންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދަމުންދާ ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

41 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy