ރާއްޖޭގައި މަރުވި ނޭޕާލްގެ ކަންޗަން ދުންގެލް --
ރާއްޖޭގައި މަރުވެ، ގަލޮޅު ސަހަރާގެ މޯޗަރީގައި އޮތް ނޭޕާލްގެ އަންހެނާގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި އެވެ.
ހަށިގަނޑާ ހަވާލުވާނެ މީހަކު ނެތި ގާތްގަނޑަކަށް މަސްދުވަސް ވަންދެން މޯޗަރީގައި ބޭއްވުމަށްފަހު އެ އަންހެން މީހާ ގައުމަށް ފޮނުލާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އޭނާ މަރުވީ ބަޔަކު އޭނާއަށް ޖިންސީ ގޯނާކޮށްގެން ކަމަށް ބުނެ ރޭޭ ސޯޝަލް މީޑިއާގައި އަޑުފެތުރުމުންނެވެ. ނަމަވެސް، ފުލުހުން އެ ވާހަކަ ދޮގު ކުރެ އެވެ.
ފުލުހުން ބުނެފައިވަނީ އުމުރުން 25 އަހަރުގެ ކަންޗަން ދުންގެލް އައިޖީއެމް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ގެންދިޔައީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ ހަބަރު ހުސްވެފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗުގެ މެޑިކޯ ލީގަލް ރިޕޯޓުގައި އޭނާގެ މަރުގެ ސަބަބު ދެނެގަނެވިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ނަމަވެސް، އޭނާއަށް ޖިންސީ އަނިޔާއެއް ލިބިފައި ވާކަމަށް ފާހަގަކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި އޭނާއަކީ އެނީމިއާ ބަލި ހުންނަ މީހެއް ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް