އުމްރާއަށް ގެންގޮސް ހާލުގައި ޖެއްސި މީހުން ހޮނިހިރު ދުވަހު ރާއްޖެ ގެންނަނީ

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ ކްރެޑިޓް/ ރައީސް އޮފީސް

އަލްހިޖުރަ ޓްރެވެލްސް އެންޑް ޓުއާސްގެ ހަވާލުގައި އުމްރާއަށް ގޮސް އަނބުރާ ނާދެވި ހާލުގައި ޖެހުނު މީހުން އަންނަ ހޮނިހިރު ދުވަހު މާލެ ގެންނަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަލްހިޖުރަ ގުރޫޕުން ގެންދިޔަ 23 މީހަކު އުމްރާގެ އަޅުކަން ނިމިގެން އަނބުރާ ރާއްޖެ ނާދެވި މައްކާގައި ތާށިވީ އެ މީހުން އުމްރާއަށް ދިއުމަށް ދެއްކި ފައިސާ އެ ގުރޫޕުގެ އެހެން ކަމަކަށް ބޭނުން ކުރުމާ ގުޅިގެން ރިޓާން ޓިކެޓު ނުނެގިގެންނެވެ.

އެހެންވެ، ހާލުގައި ޖެހުނު މީހުން، ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް މިހާރު ވަނީ ބަދަލު ކޮށްފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ހާލުގައި ޖެހުނު އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށާއި އަދި ގަތަރު އެއާވޭސްގައި އެ މީހުން ރާއްޖެ ގެެނެވޭނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:10 ގައި ކަމަށެވެ.

މި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން އެކުންފުނި ވަނީ 100,000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. އަދި އެ ކުންފުނީގެ މައްޗަށް ގާނޫނީ ފިޔަވަޅު ތަކެއް އަޅާފައިވެ އެވެ.

އަލްހިޖްރަ ގުރޫޕާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ،

  • ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން، ހިޖްރަ ގުރޫޕަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން.

  • ހިޖުރަ ގުރޫޕުގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުން.

  • ހިޖުރަ ގުރޫލުގެ ފަރާތުން އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ޚަރަދު އެ ކުންފިން ހޯދުން.

  • ހިޖުރަ ގުރޫޕުގެ ފަރާތުން އުސޫލާ ހިލާފުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުން.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

2 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

58 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy