އުމްރާވެރީންނަށް އިހުމާލުވި ގުރޫޕު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، މައްސަލަ ފުލުހަށް

އުމުރާއަށް ގެންދާ ބައެއް ގްރޫޕްތަކުން މިފަދަ އިހްމާލުތައް ކުރިންވެސް ވެފައިވޭ

އުމްރާވެރިންނަށް އިހުމާލުވި މައްސަލާގައި އަލް-ހިޖުރަ ޓްރެވަލް އެންޑް ޓުއާސްގެ ވެރިންނަށް ގާނޫނީ ފިޔަވަޅު އަޅައި އެ ކުންފުނި 100،000 ރުފިޔާއިން ޖޫރިމަނާ ކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ މިދިޔަ މަހު އަލް-ހިޖުރަ ޓްރެވަލް އެންޑް ޓުއާސްގެ ފަރާތުން އުމްރާއަށް މައްކާއަށް ގެންދިޔަ އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައި ވިޔަސް، އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ ހުރުމުގެ ސަބަބުން އުމްރާވެރިން މައްކާގައި ތާށިވެފައިވާތީއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމްރާވެރިން ދެއްކި ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް އަލް-ހިޖުރަ ކުންފުނީގެ ވެރިން އިއުތިރާފުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ އަލް-ހިޖުރަ ގްރޫޕުން ހިލާފުވެފައިވާތީ، އެ ކުންފުންޏަށް އަދި ކުންފުނީގެ ހިއްސާދާރުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި މައްސަލާގައި އިސްލާމިކް މިނިސްޓްރީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އުމްރާއަށް މީހުން ގެންދިއުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމާއި، ކުންފުނި 100،000 ރުފިޔާއިން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި އަލް-ހިޖުރަ ޓްރެވަލް އެންޑް ޓުއާސްއަށް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ކުންފުނީގެ ފަރާތުން އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް އިސްލާމިކް މިނިސްޓްރީން ކުރި ހަރަދު އެ ކުންފުނިން ހޯދުމަށާއި، އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ އަލް-ހިޖުރަ ކުންފުނިން ހިލާފުވެފައިވާތީ މައްސަލަ ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ފުލުހަށް ހުށަހެޅުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ތާށިވެފައިވާ 23 އުމްރާވެރިންނާ މިހާރު މައްކާގައި ތިބި ހައްޖު ކޯޕަރޭޝަނުގެ ޓީމުން ވަނީ ހަވާލުވެފައެވެ. އަދި އެ އުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy