ރޯދަ މަހުގެ ކުރިން ފުލެޓު ލިސްޓު އާންމު ކުރެވޭނެ ކަމަށް އުންމީދު ކުރަން: ރައީސް

ރައިސް މުއިއްޒު ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --

ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ އެނބުރި ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް ގޯއްޗާއި ފްލެޓު ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް މަކަރާއި ހީލަތުން ނުވަތަ ދޮގު ލިޔެކިޔުންތަކުގެ ޒަރީއާއިން ފްލެޓު ނުވަތަ ގޯތި ހޯދާފައިވާ ފަރާތްތަކުގެ މައްސަލަތައް ބަލައި، އެފަދަ ފަރާތްތަކަށް ދީފައިވާ ފްލެޓު ނުވަތަ ގޯތި ކެންސަލްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މައިގަނޑު އަމާޒަކީ އެ މީހަކަށް ފްލެޓު ލިބުނު ތަނަކުން ނޫނީ ގޯތި ލިބުނު ތަނަކުން ވިއްޔާ ދިނުން. އެކަމަކު ގޯސްތަކެއް ހަދާފައި ހުރި ބައެއްގެ މައްސަލައެއް ވިއްޔާ އެ މައްސަލައެއް ބެލިގެން ދާނެ," ރައީސް ވިދާޅުވިއެވެ.

ރައީސް އުންމީދު ކުރައްވާ ގޮތުގައި ވީހާވެސް އަވަހަކަށް 4,000 ފްލެޓުގެ ކަންތައް ނިންމައި އިޢުލާނުކުރެވޭނެއެވެ. އަދި ރޯދަ މަހުގެ ކުރިން ފްލެޓު ލިސްޓު އިޢުލާނުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އެކަން އެގޮތަށް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކުރީގެ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރުން ލަސްވަމުންދާ ކަމެވެ. މިކަމާ ގުޅިގެން ފުލުހުންނާއި އޭސީސީން ތަޙުޤީޤެއް ކުރިއަށްގެންދާ ކަމަށް ވެސް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy