މަގުތަކުގައި ފެންބޮޑުވެ ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރައިފި

މާލޭގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ދަނީ

މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އަތޮޅުތެރޭގެ ރަށްތަކުގައި މީހުން ދިރިއުޅޭ ތަންތަނަށް ލިބުނު ގެއްލުން އަށް ލައްކައަށް އަރާ ކަމަށްވެސް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.

24 ގަޑިއިރު ތެރޭގައި 161.9 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. މިއީ މާލެއަށް އެހާ ބޯކޮށް ވާރޭ ވެހުނު ރެކޯޑު އަދަދެކެވެ. ހަމައެހެންމެ، ތިން ގަޑިއިރު ތެރޭގައި 109.8 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށްވެސް އެންޑީއެމްއޭ ބުނެފައިވެއެވެ.

މާލޭގައި ފެންބޮޑުވުމުގެ ހާދިސާއަށް އިޖާބަދިނުމުގެ ގޮތުން އެންޑީއެމްއޭއިން ވަނީ މާލޭ ސިޓީ ކައުންސިލަށް 20,000 ގޯނި، ވެލިބަސްތާ ޖެހުމަށް ފޯރުކޮށްދީފައެވެ. އެހީތެރިކަމަށް އެދި 740 ތަނަކުން ރިޕޯޓުކުރިކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެ އިދާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި ވިއްސާރައިގެ ސަބަބުން 27 ގޭބީސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދީފައިވެއެވެ. އަދި 115 ގެއެއްގެ އެސެސްމަންޓް ހަދާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އަތޮޅުތެރެއިން ދެ ރަށަކަށް އުދަ އަރައިގެން ރިޕޯޓުކުރި ކަމަށާއި، އަށް ރަށަކުން ފެންބޮޑުވުމުގެ ސަބަބުން ރިޕޯޓުކުރި ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. މިއީ މާލެއަށް ބޯކޮށް ވާރޭ ވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި، އެންމެ ބޮޑަށް ގެއްލުންވެ، އެންމެ ގިނައިން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަންޖެހުނު ފަހަރު ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

42 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy