ސްވިޑެންގެ 19 އަހަރުގެ މިޑްފީލްޑަރު ލޫކަސް ބާގްވާލް
އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޓޮޓެންހަމް ހޮޓްސްޕާސްއިން ލިވަޕޫލް 1-0 އިން ބަލިކޮށް، ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު މެޗުގެ ހަމައެކަނި ލަނޑު ޖެހީ 86 ވަނަ މިނެޓުގައި ސްވިޑެންގެ 19 އަހަރުގެ މިޑްފީލްޑަރު ލޫކަސް ބާގްވާލްއެވެ. ނަމަވެސް މި ލަނޑު ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ބާގްވާލް ވަނީ ލިވަޕޫލްގެ ކުޅުންތެރިއަކަށް ފައުލެއް ކޮށްފައެވެ. މިކަމާ ގުޅިގެން ލިވަޕޫލުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
މެޗުގެ ކުރީކޮޅު ޓޮޓެންހަމްގެ ރޮޑްރީގޯ ބެންޓަންކޫރަށް ސީރިއަސް އަނިޔާއެއްވެ، ސްޓްރެޗަރުގައި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ނަމަވެސް ޓޮޓެންހަމްއިން ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ލިވަޕޫލުން ވެސް މެޗުގައި ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، ލިބުނު ފުރުސަތުތަކުގައި ގޯލެއް ޖެހޭގޮތް ނުވިއެވެ. ރޭގެ މެޗުގައި ޓޮޓެންހަމްގެ ގޯލް ބެލެހެއްޓި އެޓީމަށް އަލަށް ގެނައި ގޯލްކީޕަރު އެންޓޮނިން ކިންސްކީ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ލީގު ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގު އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހު ލިވަޕޫލްގެ ދަނޑުގައެވެ. މި ނަތީޖާއާއެކު ޓޮޓެންހަމްއަށް ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، ލިވަޕޫލަށް ދެވަނަ ލެގުގައި ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭނެކަން ފާހަގަކުރެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް