ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗު ސްޕެއިންގެ ހޫލެން ލޮޕެޓެގޫ
އިންގްލިޝް ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗު ސްޕެއިންގެ ހޫލެން ލޮޕެޓެގޫ މަގާމުން ވަކިކޮށްފިއެވެ.
ވެސްޓް ހޭމްއިން ލޮޕެޓެގޫ މަގާމުން ވަކިކޮށްފައިމިވަނީ އެމަގާމާއި ހަވާލުވިތާ ހަ މަސް ފަހުންނެވެ.
ލޮޕެޓެގޫ ވެސްޓް ހޭމްގެ ކޯޗު ކަމާ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހު އޭރުގެ ކޯޗު ޑޭވިޑް މޮޔޭސް ދިއުމާއި ގުޅިގެންނެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ވެސްޓް ހޭމްއަށް ޕްރިމިއާ ލީގުގައި މޮޅުވެވިފައިވަނީ ހަ މެޗެވެ. މި ސީޒަންގައި ލިގުގައި ކުޅުނު 20 މެޗުގެ ތެރެއިން ބަލިވެފައިވަނީ 9 މެޗުގައެވެ.
ވެސްޓް ހޭމް އިން ނެރުނު ބަޔާނެއްގައި ހާމަކުރިގޮތުގައި އެކްލަބުގެ 2024/2025 ވަނަ އަހަރުގެ ސީޒަންގެ ފުރަތަމަ ބައި ގޮސްފައިވަނީ އެކްލަބުން ބޭނުންވި ގޮތަށް ނޫން ކަމަށާއި އެހެން ކަމުން އެކަން ރަނގަޅު ކުރުމުގެ ގޮތުން ކްލަބުން ފިޔަވަޅު އެޅީކަމަށެވެ.
މަޢުލޫމާތު ލިބޭގޮތުގައި ވެސްޓް ހޭމް އިން ދަނީ ކުރިން ޗެލްސީ އަށް ކޯޗު ކޮށްދިން ގްރަހަމް ޕޮޓާ އާއި އެކު މަޝްވަރާ ކުރަމުންނެވެ. މީގެއިތުރުން ދާދިފަހުން އޭސީ މިލާންގެ ކޮޗު ކަމުން ވަކިކުރި ޕައޮލޯ ފޮންސޭކާ އާއި ޕެރިސް ސެއިންޓް ޖާމެއިންގެ ކުރީގެ ކޯޗު ކްރިސްޓިފާ ގަލްޓިއާ އާވެސް ވެސްޓް ހޭމް އިން ވާހަކަ ދައްކާފައިވާކަމަށް ޚަބަރު ލިބެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް