ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން އާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގް މިއަދު ބައްދަލު ކުރައްވަނީ — މީސްމީޑިއާ ފޮޓޯ
ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގް އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މަޝްވަރާ ކުރައްވައިފި އެވެ.
މިނިސްޓަރު ގައްސާންގެ މި ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ ޑިފެންސު މިނިސްޓަރާ ނިއުދިއްލީގައި މިއަދު ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދު އޮންނަ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި، ސިފައިން ތަމްރީނު ކުރުމާއި އެކްސަސައިޒުތައް ބޭއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ ހުރިހާ ކަމެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.
އޭގެ އިތުރުން ކުރިއަށް އޮތްތަކުގައި އެ ގުޅުން ވަރުގަދަކޮށް އަސްކަރީ ތަމްރީން ތަކަށް ބޭނުންވާނޭ ހުރިހާ ވަސީލަތެއް ފޯރުކޮށްދެއްވާނެ ކަމަށް ވެސް އިންޑިޔާގެ ދިފާޢީ ރާޖްނާތު ސިންގް ވިދާޅުވިއެވެ.
ގައްސާން އިންޑިއާއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅަކީ މިއަދުން ފަށައިގެން މި މަހުގެ ދިހަ ވަނަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ މި ދަތުރުގައި ގޯއާ އަދި މުމްބާއީއަށް ވެސް ވަޑައިގަންނަވާނެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް