ކަނޑުހުޅުދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް މި އަހަރު ފައްޓާނަން: ރައީސް

ރައީސް މުއިއްޒު ގއ. ކަނޑުހުޅުދޫގައި ވާހަކަފުޅު ދައްކަވަނީ --

ގއ. ކަނޑުހުޅުދޫ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ގއ. ކަނޑުހުޅުދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ ބަނދަރުގެ ޖާގައިގެ ދަތި ކަމަށް ހައްލު ގެނެސްދޭނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާ ތަކެއް ކުރެވި، ކައުންސިލުން އެދޭ ގޮތަށް ކަމަށެވެ.

ކަނޑުހުޅުދޫ ސޫކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ސުކޫލަށް ބޭނުންވާ ތަރައްގީގެ ކަންކަމަށް އަމަލީ ސިފަ ގެނައުން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިހާރު ހުއްޓިފައިވާ މަޝްރޫއުތައް ހިންގައިދޭނެ ކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ރައީސް ދެއްވި އެވެ.

އޭގެ އިތުރުން ހިންގަން ފަށައި، މަޑުޖެހިފައިވާ މަޝްރޫއުތައް ހިންގުމުގެ އިތުރަށް، އުމްރާނީ ގޮތުން އިތުރު ތަރައްގީ ތަކެއް ސުކޫލަށް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް  ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފަ އެވެ.

ކަނޑުހުޅުދޫގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެގޮތުން އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، 24 ގަޑިއިރު ހިދުމަތް ދެވޭ ފެންވަރަށް ސިއްހީ މަރުކަޒު ތަރައްގީ ކުރާނެ ކަމަށެވެ.

އަދި އެ މަރުކަޒުން ހުށަހަޅާފައިވާ އިތުރު ކަންކަން ފުރިހަމަކޮށްދިނުމަށް އަމަލީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުޅިވަރުގެ ދާއިރާއަކީ ގއ. ކަނޑުހުޅުދޫއަށް މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ރަށުގެ ފުޓްސަލް ދަނޑަށް ގެންނަންޖެހޭ ތަރައްގީ ގެނެސްދީ، ފުޓުބޯޅަ ދަނޑުގެ ޓާފް ބަދަލުކޮށް، އެތުލެޓިކްސްއަށް ބޭނުން ކުރެވޭ ގޮތަށް ތަން ތަރައްގީ ކުރުމުގެ މަސައްކަތްތައް ވެސް މި އަހަރު ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޯހިޔަވަހިކަމުގެ މަޝްރޫއު ތަކަށް ކަމުގައި ވާއިރު، ރައީސް ވަނީ ގއ. ކަނޑުހުޅުދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ރަށަށް ބޭނުންވެފައިވާ އިތުރު ހައުސިން ޔުނިޓްތައް އެޅެން އޮތީ ބިން ހިއްކައިގެން ކަމަށާ، ނަމަވެސް މި އަހަރު ތެރޭގައި އެ މަޝްރޫއު ފެށިދާނެކަމަށް ގބޫލުފުޅުނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކަން އެހެން ދިމާވި ނަމަވެސް، 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއު ހިންގައިދޭނެ ކަމަށާ، އެ މަޝްރޫއު ނިމުމާއެކު އެންމެ ލަސްވެގެން ދެން އަންނަ އަހަރެއްގައި ރޯ-ހައުސްގެ މަޝްރޫއު ހިންގައިދޭނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

7 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy