އަސީރުން ދޫކޮށްލާނީ ޔަހޫދީން ހަނގުރާމަ ހުއްޓައިލުމުން: ޙަމާސް

ޔަހޫދީން ޣައްޒާގައި ދަނީ ގަތުލު އާއްމެއް ހިންގަމުން

އަސީރުން މިނިވަން ކުރާނީ ޔަހޫދީން ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވުމުން ކަމަށް ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އަނެއްކާވެސް ބުނެފިއެވެ.

ހަމާސް އިން މިފަދައިން ބުނެފައި މިވަނީ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޤަޠަރާއި މިޞްރުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޙަމާސްގެ އިސް ވެރިއެއް ކަމަށްވާ އުސާމާ ޙަމްދާން ބުނެފައިވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައި ނުވަނީ ޔަހޫދީ ދައުލަތުގެ ސަބަބުން ކަމަށެވެ. ޙަމާސުން ޝަރުތުކުރަނީ ޣައްޒާއަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަށް ފުރިހަމަ ނިމުމެއް ގެނެސް، ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ބިންތަކުން ފޭބުމަށެވެ.

ޙަމާސުން ހަނގުރާމަ ހުއްޓައިލަން ބޭނުންވާކަން ޔަޤީން ކޮށްދިނުމަށް، ޢުދުވާން ހުއްޓުމަކަށް ގެނައުމާ އެކު ވަގުތުން ދޫކޮށްލާނެ 34 އަސީރެއްގެ ނަން ޒަޔަނިސްޓު ސަރުކާރާ ޙިއްޞާ ކޮށްފައިވެއެވެ. ނަމަވެސް މަޝްވަރާތަކުގައި ޔަހޫދީ ދައުލަތުން ދައްކާ ވާހަކައިން ހަނގުރާމަ ހުއްޓައިލުމަށް އެއްވެސް ޝައުޤުވެރިކަމެއް ނެތްކަން ހާމަވެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި މިހާތަނަށް 45,805 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 17,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި 108,583 މީހުން ޒަޚަމުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މަޝްވަރާތައް ކުރިއަށްދާއިރުވެސް ޔަހޫދީން ދަނީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރުކޮށް ފުޅާކުރަމުންނެވެ. މި ހާލަތުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ ޢާންމުންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ދިނުމަށް ޖަނަރޭޓަރުތައް ހިންގަން ބޭނުންވާ ތެޔޮ އަވަހަށް ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ އެހީއަށް އެދިފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy