ޒިބްރާ ކްރޮސްއަށް މަޑުނުކޮށް ދިޔަ ކާރަކުން މީހެއްގެ ގައިގައި ޖެހި އަނިޔާ ވެއްޖެ

ކަފިހި ކައިރީ މަގު ހުރަސް ކުރަން ބަޔަކު މަޑުކޮށްލައިގެން -- ފޮޓޯ ކްރިޑިޓް/ ސަން

ހުޅުމާލޭގެ ނިރޮޅުމަގުން ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް މަތަނުވެ ގޮސް މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓުގެ މައްސަލަ ރިޕޯޓު ކުރީ މިއަދު ހަވީރު 5:05ހާއިރު ކަމަށެވެ. އަދި އެމީހާ ޑޮކްޓަރަށް ދެއްކުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ވެސް ފުލުހުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރުން ޖެހިގެން އަނިޔާވެފައިވަނީ ދިވެހި އަންހެނަކަށެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކަފިހި ހުރަސް މަތިން ދުއްވާ އެއްޗެހި ހިނގާ މީހުންނަށް ނުބަލައި ދުއްވުމުގެ ސަބަބުން ހިނގާ ހިތާމަވެރި ހާދިސާތަކުގައި ދުނިޔެ އުމުރަށް ނުކުޅެދޭ ހާލު ޖެހިފައި މީހުން އެބަތިއްބެވެ.

އެހެންނަމަވެސް ރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި މަގު ހުރަސް ކުރާ މީހުންނަށް ޖާގަ ނުދޭކަމުގެ ޝަކުވާއަށް ނިމުމެއް ނާދެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

25 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy