އީރާނުގެ ވަގުތީ ރައީސް މުޚްރިބު އެގައުމުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަނީ
ތެހެރާން: އީރާނުގެ ކުރީގެ ރައީސް، ރައީސީގެ ޒަޢާމަތުގައި އީރާނުގެ އިގްތިޞާދު ކުރިއެރުވުމަށް ހާއްޞަ ސަމާލުކަމެއް ދެއްވި ކަމަށް، އެގައުމުގެ ވަގުތީ މުހައްމަދު މުޚްރިބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެގައުމުގެ 12 ވަނަ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަމުންނެވެ. މިއީ، މިދިޔަ ހަފުތާގައި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ފަހު އާއްމުންނާ މުހާތަބުކޮށް އެމަނިކުފާނު ދެއްވި ފުރަތަމަ ތަގުރީރެވެ. ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެގައުމުގެ ރައީސާއި އިތުރު 7 އޮފިޝަލުން ވަނީ އަވަހާރަވެފައެވެ.
އެމަނިކުފާނު ތަގުރީރު ކުރައްވާފައިވަނީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެގައުމުގެ ރައީސް އަވަހާރަވުމާ ގުޅިންގެ އޭނާގެ ބަދަލުގައި އާ ރައީސެއް ހޮވުމަށް، ރިޔާސީ އިންތިޚާބަކަށް އީރާނުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން އީރާނުގައި އަލަށް އިންތިހާބު ކުރި އެގައުމުގެ 12 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ހޮވަން ހަމަޖެހިފައިވާ ވަގުތެއްގައެވެ.
މުޚްބިރްގެ ވާހަކަފުޅުގައި ރައީސީގެ ވެރިކަމުގައި ހޭދަކުރެއްވި ދުވަސްތަކަށް ތައުރީފު ކުރައްވިއެވެ. އީރާނުން ތެޔޮ އުފައްދާ މިންވަރު ދުވާލެއްގެ މައްޗަށް 3.6 މިލިއަން ފީފާއަށްވުރެ މައްޗަށް އެމަނިކުފާނު ގެންދެވިކަން ފާހަގަކުރެއްވިއެވެ. އެއީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އީރާނަށް އަމާޒުކޮށް އަޅާފައިވީ ނަމަވެސް އީރާނުން މިހާރު ދުވާލަކު ގާތްގަނޑަކަށް ދެ މިލިއަން ފީފާ ތެޔޮ އެކްސްޕޯޓް ކުރަމުން ދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފާއިތުވި މަސްތަކުގައި އީރާނުން، އިރާގާއި އިސްރާއީލާއި ޕާކިސްތާނަށް އަސްކަރީ ފިޔަވަޅުތަކެއް އެޅިއިރު ވެސް، ރައީސީގެ ވެރިކަމުގައި އެގައުމުގެ އިގްތިސާދު ހަމައަކަށް އެޅިފައިވާ ކަމަށް މުޚްބިރު ވިދާޅުވި އެވެ.
"ތިން ގައުމަކުން އަޅުގަނޑުމެންނާ ދެކޮޅުވެރިވި. އަޅުގަނޑުމެންނާ އިޒްރޭލާ ދެކޮޅުވެރިވި. އަޅުގަނޑުމެންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅި. އެހެން ނަމަވެސް، ހެނދުނު ހޭލާއިރު ހިސާބުތަކާއި އިންޑެކްސްތައް އެއްގޮތް، ފައިސާގެ އަގު އެއްވަރެއްގައި، އިންފްލޭޝަން އެއްވަރެއްގައި، ލިކުއިޑިޓީ އެއްވަރެއްގައި، މާކެޓް ވެސް އޮތީ ރައްޔިތުން ބޭނުންވާ މުދަލުން ފުރިފައި،" މުޙްރިބު ވިދާޅުވިއެވެ. "މި އިންތިޒާމުތަކާއި، މި ބާރަކީ އާދައިގެ ކަމެއް ނޫން، އެ ހުރިހާ ކަމެއް ވެސް ވެގެން ދިޔައީ އެންމެ މަތީ ވެރިޔާގެ އިރުޝާދާއެކު، އިބްރާހީމް ރައީސީގެ އިޚްލާޞްތެރި މަސައްކަތުގެ ސަބަބުން."
ރައިސީގެ ބަދަލުގައި، ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ، ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް