ރިޝްވަތުގެ ތުހުމަތު ކުރެވޭ އޮފިސަރަކު ރިޓަޔާ ކޮށްފައިނުވޭ: ކަސްޓަމްސް

ކަސްޓަމްސް ބިލްޑިންގު --

ކަސްޓަމްސްގެ އޮފިސަރުންތަކެއްގެ އެކައުންޓްތަކުގައި 400 މިލިއަނެއްހާ ރުފިޔާގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ތަޙުޤީޤު ކުރަމުންދާ އެއްވެސް އޮފިސަރަކު ރިޓަޔަރކޮށްފައިނުވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން މިފަދައިން ބުނެފައި މިވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ އޮފިސަރަކު ރިޓަޔާކުރަން ކަސްޓަމްސްއިން ފުރުސަތު ދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުމާއި ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން ބުނެފައިވަނީ، ކަސްޓަމްސްގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތާ ގުޅޭ ތަޙުޤީޤެއް ކުރަމުންދާކަން ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި އެ ތަޙުޤީޤުގައި ހިމެނޭކަން ފުލުހުން އަންގާފައިވާ އެއްވެސް އޮފިސަރެއް ކަސްޓަމްސްއިން ރިޓަޔަރކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން މި މައްސަލަ ތަޙުޤީޤު ކުރަމުންދަނީ ނުހައްގު މުއްސަނދިކަން ހޯދުމާއި ރިޝްވަތުގެ އިތުރަށް މަގާމުގެ ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުގެ މައްޗަށެވެ. މި މައްސަލައިގައި ގާތްގަނޑަކަށް 20 އޮފިސަރަކު ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ވީނަމަވެސް، މި ވަގުތު ތަޙުޤީޤު ކުރަމުންދަނީ ތިނެއް ނުވަތަ ހަތަރު އޮފިސަރެއްގެ މައްޗަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

47 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy