ވެސްޓާން އޮސްޓްރޭލިއާގެ ގަވަރުނަރުގެ އަނބިކަނބަލުން މެޑަމް ސާޖިދާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން —
ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތަށް ވެސްޓާން އޮސްޓްރޭލިއާގެ ގަވަރުނަރުގެ އަނބިކަނބަލުން ޑެރިލީން ޖޫލީ ޑޯސަން ތައުރީފު ކުރައްވައިފި އެވެ.
ޑެރިލީން ޖޫލީ ވަނީ މެޑަމް ސާޖިދާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޖޫލީއަށް މަރުހަބާ ވިދާޅުވެ ގަވަރުނަރު ޑޯސަންއާއި އެ ކަމަނާ ރާއްޖޭގައި ހޭދަ ކުރައްވާ ވަގުތަކީ އުފާވެރި ވަގުތަކަށްވުމަށް ސާޖިދާ އެދިވަޑައިގެންނެވި އެވެ.
އެ ކަމަނާ ވަނީ ރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު އޮތް ގާތް ގުޅުމަށް ޓަކައި ޝުކުރު އަދާ ކުރައްވާފަ އެވެ.
މެޑަމް ސާޖިދާ އަދި ޑެރިލީން ޖޫލީ ދެއްކެވި ވާހަކަފުޅުގައި، ިރާއްޖެއާއި އޮސްޓްރޭލިއާއިން ތައުލީމީ ދާއިރާގެ ތަރައްގީއަށް ޒަމާނުއްސުރެ ކުރަމުން ގެންދާ މަސައްކަތާއި، ހާއްސަ ގޮތެއްގައި ކުޑަކުދިންނާއި އަންހެން ކުދިންނަށް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ވަށާޖެހޭ ތައުލީމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އޭގެ އިތުރުން ރާއްޖެއިން އޮސްޓްރޭލިއާއަށް މަތީ ތައުލީމު ހާސިލު ކުރަން ދާ ކުދިންގެ ނިސްބަތް އިތުރުވަމުން ދިއުމާއި އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.
ގަވަރުނަރުގެ އަނބިކަނބަލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ހައިސިއްޔަތުން މެޑަމް ސާޖިދާ މުޙައްމަދު އަދާކުރައްވާ ދައުރު ފާހަގަކުރައްވާފަ އެވެ. އަދިސިއްހީ ދާއިރާގެ ކުރިއެރުމަށް އެ ކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވެސް ތައުރީފު ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް