ޒުވާން ހުނަރުވެރި ފޯވާޑު އާޑާ ގުލާ
ޒުވާން ހުނަރުވެރި ފޯވާޑު އާޑާ ގުލާގެ ދެ ގޯލާއި އެކު މޮޅުވެ، ރެއާލް މެޑްރިޑުން ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
އެޓީމު މޮޅުވެފައި ވަނީ ހަތަރު ވަނަ ޑިވިޝަނުގެ ޑިޕޯޓިވާ މިނޭރާއާ ދެކޮޅަށް ކުޅެ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ރެއާލުން މި މެޗުގައި ކުޅުނީ ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން ނުލައެވެ. އޭގެ ތެރޭގައި ޖޫޑް ބެލިންހަމްވެސް ހިމެނެއެވެ. ކޯޗު ކާލޯ އަންޗެލޮޓީ ވަނީ އާންމުކޮށް މެޗުތަކުގައި ފުރުސަތު ނުލިބި ތިބި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.
ގުލާގެ އިތުރުން ރެއާލްގެ ލަނޑުތައް ޖެހީ ފެޑެރީކޯ ވަލްވޭޑޭ، އެޑުއާޑޯ ކަމަވިންގާ އަދި ލޫކަ މޮޑްރިޗްއެވެ. މިއީ މި ސީޒަނުގައި ގުލާގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗެވެ.
ރެއާލް މެޑްރިޑުން ވަނީ 20 ފަހަރު ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ 2023 ވަނަ އަހަރުއެވެ. މިދިޔަ ސީޒަނުގައި ރެއާލް މި މުބާރާތުން ކެޓީ އެތުލެޓިކޯ މެޑްރިޑް އަތުންނެވެ. އެއީ މި މުބާރާތުގެ ގަދަ 16 ބުރުގައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް