އޮކްޓޯބަރު މަސް ތެރޭ ވައިޑްބޮޑީގެ ދެވަނަ ބޯޓު އުދުހެން ފަށާނެ: ރައީސް

އޮކްޓޫބަރު މަސް ތެރޭ ވައިޑް ބޮޑީ ދެވަނަ ބޯޓު ރާއްޖޭގައި އުދުހެން ފަށާނެ ކަމަށް ރައީސް ވިދާޅުވި --

މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖޭގައި އުދުހެންފަށާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަނުން ގެންނަ ފުރަތަމަ ވައިޑް-ބޮޑީ އޭ330 މަތިންދާބޯޓު މިއަދު ވަނީ ރާއްޖެ ގެެނެސްފަ އެވެ. މި ބޯޓު ރާއްޖެ ގެނައުން ފާހަގަ ކުރުމަށް މޯލްޑިވިއަނުން މިއަދު ވަނީ އެއާ ޝޯއެއް ބާއްވާފަ އެވެ.

ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200، އިފްތިތާހުކުރުމަށް މިއަދު ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ފިނޭންސް މިނިސްޓްރީއާ އައިލެންޑް އޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތައް ނިމި، އޮކްޓޯބަރު މަހު ދެވަނަ ބޯޓު ރާއްޖޭގައި އުދުހުމަށް ފަށާނޭ ކަމަށެވެ.

"މީގެ ދެވަނަ ބޯޓު މި އަހަރުގެ އޮކްޓޯބަރު މަސް ތެރޭ ރާއްޖޭގައި އުދުހެން ފަށާނެ. އެކަމުގެ ޔަގީންކަން އަރުވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އޮޕަރޭޝަންތައް ފެށުމާއެކު، މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް އިތުރުވުމުން ލިބޭ ކުރިއެރުމަކީ، ދިވެހި އިގުތިސާދު ފުޅާކުރުމަށް ޓަކައި ފަށްޓަވާފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި އަހަރު ވެގެންދާނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކޮށްގެން، އައިލެންޑް އޭވިއޭޝަނާއި އެމްއޭސީއެލް އަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނޭ އަހަރަކަށް ކަމުގަ އެވެ.

ކުރިއަށް މި އޮތީ ތަރައްގީގެ ދުވަސްތައް ކަމަށާއި، މި އަހަރު ރައްޔިތުންނަށް ފެންނާނީ އިގުތިސާދީ، އިޖުތިމާއީ، އަދި އުމްރާނީ ގޮތުންވެސް ތަރައްގީގެ އަމަލީ މަންޒަރުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ސަރުކާރުން މަސައްކަތްކުރަނީ ތަރައްގީ އާއި ހަމަޖެހުމާއި މިނިވަންކަމާއި ސިޔާދަތު އެކުއެކީގައި ހާސިލުވެގެންދާ ފަދަ ވަށާޖެހޭ ތަރައްގީއެއް ގައުމަށް ގެނެސްދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން ތައާރަފްކުރެއްވުމަކީ ރައީސްގެ ރިޔާސީ ކެމްޕެއިންގެ ވައުދެކެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

20 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy