މޯލްޑިވިއަނުން ގެނައި ބޯޓް ޖެއްސުން
ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އެއާބަސް އޭ330 މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުރިހަމަވެގެން ދިއުމެވެ.
މި ބޯޓު ސިންގަޕޫރުން މާލެ ގެނައީ މުޅިން ދިވެހި ޕައިލެޓުންނާއި ކްރޫއިންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސުމުގެ ކުރިން އެއަރ ޝޯއެއް ބޭއްވިގެންދިޔައެވެ.
މިއަދު މި ގެނެވުނު އެއާބަސް އޭ330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓުގައި ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރުކުރެވޭނެއެވެ. އަދި 10 ޓަނުގެ ކާގޯ އުފުލޭނެއެވެ.
މި ބޯޓާއެކު ޗައިނާގެ ބެއިޖިން، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު މޯލްޑިވިއަންގެ ފްލީޓުގައި 25 ބޯޓު އޮތްއިރު، 29 މަންޒިލަކަށް ދަތުރުތައް ކުރަމުންދެއެވެ.
މޯލްޑިވިއަންގެ ޚިދުމަތް 2000 ވަނަ އަހަރު ފެށުނީ ދެ ބޯޓާއެކުގައެވެ. ވޭތުވެދިޔަ އަހަރު މޯލްޑިވިއަންއިން ވަނީ 50,000 ފްލައިޓް އޮޕަރޭޓްކޮށް، އެއް މިލިއަން ފަސިންޖަރުން އުފުލާފައެވެ. މި އައު ބޯޓާއެކު މޯލްޑިވިއަންގެ ޚިދުމަތް އިތުރަށް ފުޅާވެ، ދިގު ދަތުރުތަކަށް ޚާއްޞަ ބޯޓުތައް ލިބި، ސީދާ ދަތުރުތައް ފެށުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް