ފެން ވަދެން ސާވިސް ކުރަން ގެނެސްފައި ހުރި ސައިކަލްތަކެއް -- ފޮޓޯ/ ދެލި
މާލެ އަށް ބޯކޮށް ވާރޭ ވެހި ފެނުގެ އަސަރު ކޮށްގެން ހަލާކުވި ސައިކަލްތައް މަރާމާތު ކުރަން ގެންނަލެއް ގިނަކަމުން ބައެއް ގަރާޖު ތަކަށް އެހެން ދުވަސްތަކަށްވުރެ، ބާރު ބޮޑު ވެއްޖެ އެވެ.
މާލެއަށް މިދިޔަ ހުކުރު ދުވަހު މެދުނުކެނޑި ރެކޯޑު އަދަދަކަށް ވާރޭ ވެހި ފެން ބޮޑުވުމާއެކު ގިނަ އަދަދެއްގެ އެއްގަމު އުޅަނދު ފަހަރު ވަނީ ފެން އެޅި ހަލާކުވެފަ އެވެ. މީގެ އިތުރުން، މަގުމަތީ ޕާކް ކޮށްފައި ހުރި ސައިކަލްތައް ފެންގަނޑު ތެރެއަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެސް ވެފައި ވެ އެވެ.
އެހެންވެ، ހަލާކުވެފައިވާ ސައިކަލްތައް ހަދަން އަންނަ މީހުން ގިނަވެ، މާލޭގެ ބައެއް ގަރާޖުތަކަށް މިއީ ބާރު ބޮޑު ދުވަސްކޮޅެކެވެ.
ޝިޔާމް މޮޓޯ ގަރާޖުގެ އޮފިޝަލަކު ބުނީ ސައިކަލުގެ އިންޖީނަށާއި ސައިސެންސަރު ތެރެއަށް ފެން އެޅިގެން މި ދުވަސްވަރު ގިނަ ބަޔަކު އަންނަ ކަން ފާހަގަ ކުރެވޭ ކަމަށެވެ.
"ހުކުރު ދުވަހުގެ ފަހުން ޕުލަގާއި އަޑީތެލަށް ވަރަށް ޑިމާންޑު ކަން ފާހަގަ ކުރެވޭ. އަދި ބެލްޓާ އޭގެ ތަށިފަޅި އާ އެއާ ފިލްޓަރު ސާފު ކުރަން އަންނަ މީހުން ވެސް ވަރަށް ގިނަ،" އޮފިޝަލް ބުންޏެވެ.
މާލޭ މަޝްހޫރު އެހެން ގަރާޖެއްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަތުރުކޮށް ބުނީ ސާވިސް ކުރަން ގެންނަ ސައިކަލާއި ކާރު އަދި، ޕިކަޕް ފަދަ އުޅަނދު ފަހަރު ގިނަ ކަމުން މިދިޔަ ހުކުރާއި ހޮނިހިރު ދުވަސް ވެގެން ދިޔައީ ބާރު ބޮޑު ދުވަހަކަށް ކަމަށެވެ.
"އޮފް ގަ ތިބި ސްޓާފުން ނެރެގެން ވެސް ހުކުރު، ހޮނިހިރު ދިޔައީ ހަމަ ނުވެގެން. ގިނަ ސައިކަލް ތަކުގެ ސައިލެންސަރަށް ހުރީ ފެން އެޅިފަ. މިވަގުތު ވެސް އެތެރޭގަ ގިނައިން އެ ހުރީ ސާވިސް ކުރަންޖެހޭ ސައިކަލްތައް. ރަނގަޅީ ވެސް މާލޭގަ މި ގޮތަށް ގިނަ ގިނައިން ފެންބޮޑުވިއްޔާ،" އޮފިޝަލް ބުންޏެވެ.
މާލޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ހުރި ގަރާޖު ތަކަށް ވެސް މިއީ ލޯޑު ބޮޑު ދުވަސްކޮޅެކެވެ. އެގޮތުން އަޑީތެލާއި ޕުލަގު ބަދަލު ކުރަން އަންނަ މީހުންނާ ސައިކަލް ސްޓާޓް ނުވެގެން ގެނައި މީހުން ވެސް ބޮޑުތަކުން އިތުރުވި ކަމަށްވެ އެވެ.
"ހުކުރު، ހޮނިހިރު ހަމަ ފުލް ލޯޑުގަ. ސްޓާފުން މަދު ކަމުންނާ ޕުލަގު ހުސް ވެގެން ބައެއް ސައިކަލްތައް ނުނަގާ ދޫކޮށްލަން ވެސް ޖެހުނު،" ގަރާޖަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ބޯކޮށް ވެހުނު ވާރޭގައި މުޅި މާލޭގައި ފެން ބޮޑުވެ، ގޭގެ އަށް ފެން ވަދެ، ހިފާ ގެންގުޅޭ ސާމާނާއި މުދަލަށް އެކަމުގެ އަސަރު ކޮށްފައިވެ އެވެ. އަދި 226 އާއިލާއެއް ސަރުކާރުން މިހާރު އަންނަނީ ބަލަހައްޓަމުންނެވެ. މީގެ އިތުރުން، މަގުމަތީ ޕާކް ކޮށްފައި ހުރި ސައިކަލްތައް ފެންގަނޑު ތެރެއަށް ވެއްޓި ބައެއް އުޅަނދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ވެފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް