އިންޑިއާގެ އާ ސަފީރު ރައީސް މުއިއްޒަށް ފަތްކޮޅު އަރުވައިފި

އިންޑިއާގެ އާ ސަފީރުގެ ފަތްކޮޅު އެރުވުން / ފޮޓޯ: ރައީސް އޮފީސް

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޖީ ބަލާސުބްރަމަނިއަން، ރައީސް މުހައްމަދު މުއިއްޒަށް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވުނީ މިއަދު ރައީސް އޮފީހުގައި އެކަމަށް ޚާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބަލާސުބްރަމަނިއަން މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ރައީސް އޮފީހަށް ވަޑައިގެންނެވީ ރަތް ދޫލައިގައި އެމްއެންޑީއެފްއިން ދިން ސަގާފީ ހަރަކާތްތަކާ އެކުގައެވެ. މިއީ ބޭރުގެ އެހެން ސަފީރުންނަށް ވެސް އިހްތިރާމް ދިނުމުގެ ގޮތުން ފަތްކޮޅު އަރުވާއިރު ދޭ އިއްޒަތެކެވެ.

ފަތްކޮޅު އެރުވުމަށްފަހު، ރައީސް މުއިއްޒާއި ބަލާސުބްރަމަނިއަން ބައްދަލުކުރައްވައި ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ބައްދަލުވުމުގައި އާ ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ނަމުގައި ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ.

ދެ ބޭފުޅުން ވަނީ ރާއްޖޭގައި އިންޑިއާއިން ހިންގަމުންގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ކުރިއަށް އޮތް ތަނުގައި ވެސް އެއްބާރުލުން ދެވޭނެ ތަރައްޤީގެ ކަންކަން އަދި ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ބައްދަލުވުން ނިންމާލާފައިވަނީ، ދެ ޤައުމުގެ ގުޅުން ވަރުގަދަކަންމަތީ ދެމިއޮންނާނެ ކަމުގެ ކަށަވަރުކަން ދެ ބޭފުޅުންގެ ފަރާތުން ވެސް ދެއްވަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

49 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy