އާދަމް އަތުހަރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އާދަމް އަތުހަރުގެ މައްސަލާގައި ދެ ފުލުހަކަށް ދަޢުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މިކަން އެޗްއާރްސީއެމްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އަތުހަރު ހައްޔަރުކޮށްފައިވަނީ މިދިޔަ އޯގަސްޓު 29 ވަނަ ދުވަހު، މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައިގައެވެ. އޭނާ މަރުވީ މިދިޔަ ސެޕްޓެމްބަރު 2 ވަނަ ދުވަހު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. މި މައްސަލަ އޭރު ކަމާބެހޭ އިދާރާތަކުން ވަނީ ތަޙުޤީޤުކުރަން ފަށާފައެވެ.
އެޗްއާރްސީއެމްއިން މައްސަލަ ބެލުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބާރުގެ ބޭނުންކުރި ގޮތާއި، އަތުހަރަށް ލިބުނު އަނިޔާތަކަށް ފަރުވާދިން ގޮތުގެ އިތުރުން، އޭގެ ފަހުން އޭނާއަށް ސިއްޙީ ފަރުވާ ފޯރުކޮށްދިން ގޮތް ބަލާނެ ކަމަށް ބުނެފައިވެއެވެ. އަދި ސެޕްޓެމްބަރު 1 ގައި ދިމާވި ހާދިސާއާ ގުޅޭ މަޢުލޫމާތު އެއްކޮށް، ޖަލުގައި ހިނގި ކަންކަންވެސް ބަލަމުންދާ ކަމަށް އެޗްއާރްސީއެމްއިން ބުނެފައިވެއެވެ.
އަތުހަރުގެ މަރުގެ މައްސަލާގައި ފުލުހުން އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވާއިރު، އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމްވެސް ވަނީ ހަދާފައެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތާ މެދު އާންމުން ވަރަށް ބޮޑަށް ޝައުޤުވެރިވެފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް