ލިވަޕޫލުގެ ގެކްޕޯ ޔުނައިޓެޑުގެ ކޮޅަށް ލަނޑުޖެހުން
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ 2-2 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލައިފި އެވެ.
މި ނަތީޖާއާ އެކު، ލިވަޕޫލް މި ވަގުތު ލީގުގެ އެއް ވަނާގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ، 19 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން މޮޅުންވި ނަމަ 8 ޕޮއިންޓުގެ ލީޑެއް ލިވަޕޫލަން ލިބުނީހެވެ.
ލިވަޕޫލް ދަނޑުގައި ރޭ ކުޅުނު މި މެޗު ކުޅެވުމާ މެދު ގޮތެއް ނިންމަން ޖެހުނީ އިމަޖެންސީ ބައްދަލުވުންތަކެއް ބާއްވައިގެންނެވެ. އެއީ، މޫސުމާ ހެދި މެޗު ކެންސަލްކޮށްލަން ޖެހިދާނެތޯ ނޫނީ ކުރިއަށްދާނީތޯ ކަށަވަރުކުރަން ބޭއްވި އިމަޖެންސީ ސޭފްޓީ ބައްދަލުވުންތަކެކެވެ.
މެޗުގައި ލިވަޕޫލުން ލީޑުނެގީ މުހައްމަދު ސަލާހު ކާމިޔާބުކުރި ޕެނަލްޓީންނެވެ. މި ލަނޑާ އެކު، ސަލާހު ވަނީ ޕްރިމިއާ ލީގުގައި 175 ވަނަ ލަނޑު ޖަހައި، ތިއަރީ އޮންރީ ޖެހި އަދަދާ ހަމަކޮށްފަ އެވެ.
އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ބަލިވި ޔުނައިޓެޑުން މި މެޗުގައި ލީޑުނެގީ ދެ ވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭ ލިސަންދްރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. ލިވަޕޫލުން އެއްވަރުކުރީ ކޯޑީ ގަކްޕޯ ޖެހި ގޯލުންނެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި އަލެހަންދްރޯ ގާނާޗޯ ދިން ބޯޅައަކުން އަމަދު ޑިއާލޯ އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު، ޔުނައިޓެޑް ލީގުގެ 13 ވަނައިގައި އޮތީ 20 މެޗުން 23 ޕޮއިންޓާ އެކު އެވެ. އަދި ދެ ވަނައިގައި އޮތް އާސެނަލަށް 20 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 19 މެޗުން 37 ޕޮއިންޓް ލިބިފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް