ރައީސް މުއިއްޒަކީ އަވަސް ސުޕީޑުގައި މަސައްކަތް ކުރާ ވެރިއެއް: އަނާރާ

ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް -- ފޮޓޯ ކްރެޑިޓް/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒަކީ ރައްޔިތުންގެ އަޑުއަހާ, ރައްޔިތުންގެ މުހުތާދުތައް ދެނެގަނެގެން ވަރަށް އަވަސް ސްޕީޑުގައި މަސައްކަތް ކުރައްވާ ވެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ރައީސް މުއިއްޒު ކ. ގުޅީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަނާރާ ވިދާޅުވީ މި ވެރިކަމަށް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދިޔައީ، ރައްޔިތުންގެ އިހުސާސްތައް ދަނެގެން، ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނާ ވަަރަށް ގާތުން މަސައްކުރާ މަންޒަރު ކަމަށެވެ.

އޭގެ އިތުރުން ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށް އަނާރާ ވިދާޅުވި އެވެ.

މެންބަރު އަނާރާ ވިދާޅުވީ މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހުރާ ދާއިރާގެ ހުރިހާ ރަށްތަކަކަށް ވަޑައިގަތުން އެއީ އެ ރަށްރަށަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އަދުގެ ސަރުކާރުން ރައްޔިތުންގެ އުފާ ފާގަތި ކަމާއި ފުދުންތެރިކަމަށް ވަރަށް ބޮޑަށް ވިސްނާކަން އަނާރާ ފާހަގަ ކުރެއްވި އެވެ.

އެގޮތުން ވިދާޅުވީ މިއީ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ޓަކައި ބޮޑެތި މައްސަލަ ތަކަށް އަވަސް ހައްލު ހޯދައިދޭން ވެސް ވަރަށް ކެރޭ ފިވަޔަޅު އަޅައިގެން ކުރިއަށް ގެންދާ ސަރުކާރެއް ކަމަށެވެ.

"ހަގީގަތުގަ ސަރުކާރުން ނަގާ ކޮންމެ ޑިސިޝަނެއް ވެސް ނިންމަވާ ކޮންމެ ނިންމެވުމެއް ވެސް އެ ނިންމަވަނީ ރައްޔިތުންގެ ދުޅަހެޔޮ ކަމާއި ރައްޔިތުންގެ ފާގަތި ކަމާ ލާބަޔައަށް ކަން އެއީ ހަމަ އަޅުގަނޑަށް ގަބޫލު ކުރެވޭ އެކަންކަން އެގޮތަށް ކަން އެ ދަނީ،" އަނާރާ ވިދާޅުވި އެވެ.

ސަރުކާރަށް އެއްބާރުލުން ދިނުމުގައި ރައްޔިތުން ކުރިއަށް ދިޔުމަކީ މައްސަލަތައް ހައްލުވެ، އިތުރު ކުރިއެރުމާ ތަރައްގީ ރަށްރަށަށް ލިބޭނެ ކަމެއް ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

17 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy