ރައީސް ޑރ. މުއިއްޒު ކ. ގުޅީ ރައްޔިތުންނާ ބައްދަލު ކުރެއްވުން --
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ހަވީރު ކ. ގުޅިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރަށުގެ ތަރައްގީއަށް ބޭނުންވާ އެންމެހާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީން ދެއްވައިފި އެވެ.
ރައީސް ވަނީ، ކުރީ ސަރުކާރު ނިމެން ދަނިކޮށް ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އެ މައްސަލައަށް އަމަލީ ސިފައެއް ގެނެވޭނޭ ފަދަ ބަޖެޓެއް ފަހިކޮށްދީފައި ނުވާކަން ފާހަގަ ކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ މިވަގުތު ވެސް، އެމްޓީސީސީގެ ޓީމު ގުޅީގައި ހަރަކާތްތެރިވަމުންދާ ދިއުމުން ވެސް ދޭހަ ކޮށްދެނީ، ކުރިން ވީހެން މިހާރު ނުވާނޭ ކަން ކަމުގަ އެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ކައުންސިލުން ބައްޓަންކޮށްފައިވާ ގޮތަށް، އިތުރު ބަދަލެއް ނުގެނެސް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ އުންމީދު ތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އެރަށަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ މައްސަލަ ހައްލު ކުރައްވާނީ އިތުރު ބަނދަރެއް އަޅައިގެންތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑު ކޮށްގެންތޯ ނިންމާނީ ރަށު ކައުންސިލާއި، ކޮންސްޓްރަކްޝަން މިނިސްޓްރީން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައި ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށައި، ރަށުގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރު ކުރުމަކީ މި އަހަރުގެ ބަޖެޓުގައި އަހަންމިއްޔަތުކަން ދެއްވާ ކަންތައްތައް ކަމުގަ އެވެ.
އަދި ގުޅިއަށް ދިމާވެފައިވާ މިސްކިތުގެ ޖާގައިގެ ދަތި ކަމާއި، ކުނި މެނޭޖު ކުރުމުގެ މައްސަލައަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނޭ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވާފައިވެ އެވެ.
ރައީސް ވިދާޅުވީ ރަށަށް ފައިދާއެއް ނުވާނޭ ގޮތަށް ލޯކަލް ޓޫރިޒަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލަ އެޓާނީ ޖެނެރަލާއި ޓޫރިޒަމް މިނިސްޓްރީ އާއި ރަށު ކައުންސިލުން ދިރާސާ ކުރަން ނިންމާފައިވާ ކަމަށާއި، ރަށަށް އެންމެ ފައިދާވާނޭ ގޮތަކީ އެ އެއްބަސްވުން ނިމުމަކަށް ގެނައުން ކަމުގައި ނިންމަވައިފި ނަމަ އެކަން އެގޮތަށް ކުރުމަށް މަގުފަހި ކޮށްދެއްވާނޭ ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅަކީ، މި އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ފަށްޓަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މި އަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް