43 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި އަލީ ހާޒިމް --
ތަފާތު އެކި ބުރޭޑުތައް ހިމެނޭހެން ބަނގުރާ ފުޅިތަކަކާ އެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުން ކުރާ ކަމަށް ފުލުހުންގެ ޑުރަގު ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި، އުފުލަންދޫގެ، އަލީ ހާޒިމް، 22، އެވެ.
"މި އޮޕަރޭޝަނުގައި އޭނާ ދުއްވި ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު، އެކި ބްރޭންޑްތައް ހިމެނޭހެން ޖުމްލަ 43 ފުޅި ބަނގުރާ ފެނިފައިވޭ،" ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތު ދީފައި ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ ވިއްކާ ކަމުގެ ތުހުމަތަށް އަލީ ހާޒިމް ހައްޔަރުކޮށް އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް