ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި 7 ބިދޭސީން ހައްޔަރުކޮށް 2 މީހުން ޑީޕޯޓުކޮށްލައިފި

އިމިގްރޭޝަނުނުން އާއްމުކުރި މައުލޫމާތު / ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކުތަކެއް އަތުލައިގަނެ، އެ ކަމުގައި ހަރަކާތްތެރިވި 7 މީހަކު ހައްޔަރުކޮށް ދެ ބިދޭސީން ޑީޕޯޓުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެ އިދާރާގެ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީން ހޯދަން ހިންގި އިންސްޕެކްޝަންތަކެއްގައި ހަތް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހަތަރު އަންހެނުންނާއި ތިން ފިރިހެނުންނެވެ. މީގެ ތެރެއިން ދެ އަންހެނުން މިހާރު ވަނީ ޑީޕޯޓުކޮށްލާފައެވެ. އެއީ ރަޝިއާ އާއި އުގަންޑާއަށް ނިސްބަތްވާ ދެ އަންހެނުންނެވެ.

ބާކީ ތިބި ފަސް މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ތިން ފިރިހެނުންނާއި އެއް އަންހެނަކާއި، ރަޝިއާގެ އެއް އަންހެނެކެވެ.

މާލެ ސަރަހައްދުގައި ހަށިވިއްކުމަށް މަސާޖު ޕާލާތަކުގެ ނަމުގައި 111 ތަން ހިންގާ ކަމަށާއި އެފަދަ ތަންތަން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ މިދިޔަ ފެބްރުއަރީ މަހު ވިދާޅުވެފައެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، މިފަދަ ކަންކަމުގައި ހައްޔަރުކުރެވޭ ބިދޭސީން ވަގުތުން ޑީޕޯޓުކުރުން ހިމެނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy