ޕޮލިސް ކާރުގައި ސައިކަލެއް ޖެހުން: މަންޒަރު ދުށް ބަޔަކު ވޭތޯ ބަލަނީ

ހުސެއިން އާދަމް ބިލްޑިންގު -- ފޮޓޯ ކްރެޑިޓް، ސަން

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސައިކަލަކާއި ފުލުހުންގެ ކާރެއް ޖެހި މިދިޔަ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މަންޒަރު ފެނުނު ބަޔަކު ވޭތޯ ބަލަން އާއްމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

މި އެކްސިޑެންޓު ހިނގީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ، 1:45ހާއިރު ހުޅުމާލޭ ދެވަނަ ފޭހުގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ވަގުތު ސައިލް ދުއްވަން އިން ޒުވާނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށެވެ.

އަނިޔާވި ޒުވާނާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހު ހާލު އިތުރަށް ސީރިއަސް ވެގެން މިހާރު ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ބަދަލުކޮށްފަ އެވެ. އޭނާއަށް މިވަގުތު ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

ފުލުހުން އެދިފައި ވަނީ މި އެކްސިޑެންޓު ހިނގި ވަގުތު މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށެވެ.

އެކްސިޑެންޓް ހިނގުމުގައި ޕޮލިސް ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ފުލުހުން އަންނަނީ ބަލަމުންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސައިކަލް ދުއްވަން އިނީ ލައިސަންސް ނެތް އުމުރުން 18 އަހަރުގެ ޒުވާނެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

57 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy