ގައްޒާގެ އުތުރުގައި ހުރި ހޮސްޕިޓަލްތަކުގެ ހިދުމަތް މެދުކެނޑިއްޖެ

އިސްރާއިލުން ދަނީ ޣައްޒާގެ ހޮސްޕިޓަލުތަކަށް ވެސް ހަމަލާތައް ދެމުން

ޣައްޒާގެ އުތުރުގައި ހުރި މައި ތިން ހޮސްޕިޓަލް ކަމަށްވާ ކަމާލް އަދުވާން، ބެއިތް ހަނޫން އަދި އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ޚިދުމަތްތައް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މެދުކެނޑިފައިވާ ކަމަށް ޣައްޒާގެ ސިއްޚަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

މީގެ ތެރެއިން ކަމާލް އަދުވާން ހޮސްޕިޓަލަށް އިސްރާއީލުން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އިސްރާއީލުން ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޯލްކާ ޓާކް ވިދާޅުވެފައިވަނީ ޣައްޒާގައި ހަނގުރާމަވެރިން ހޮސްޕިޓަލްތައް ބޭނުން ކުރަމުންދާ ކަމަށް އިސްރާއީލުން ބުނާ ގިނަ ވާހަކަތައް ސާބިތު ކުރެވިފައިނުވާ ކަމަށެވެ.

އދގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ވަނީ 27 ހޮސްޕިޓަލަކާއި 12 މެޑިކަލް ފެސިލިޓީއަކަށް 136 އަށް ވުރެ ގިނަ ވައިގެ ހަމަލާދީފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 45،658 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 108،583 މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަމަލާތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ކުއްލި ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

59 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy