މިޔަންމާގެ ގިނަބަޔަކު މެލޭޝިއާއަށް އެތެރެވުމަށް މަސައްކަތްކުރޭ
މިޔަންމާއިން ގަވާއިދާ ހިލާފަށް މެލޭޝިއާއަށް އެތެރެވާން މަސައްކަތްކުރި ގާތްގަނޑަކަށް 300 މީހުން ތިބި ދެ ބޯޓެއް މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން ބޭރުކޮށްފައިވާ ކަމަށް މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓް އެޖެންސީ (އެމްއެމްއީއޭ) އިން ބުނެފިއެވެ.
އެމްއެމްއީއޭ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ބޯޓުތައް ފެނިފައިވަނީ ހުކުރު ދުވަހުގެ ރޭ، އުތުރުގެ ރިސޯޓެއް ކަމަށްވާ ލަންގްކާވީގެ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު (3.7 ކިލޯމީޓަރު) ދުރުންނެވެ.
އެމްއެމްއީއޭގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރޮސްލީ އަބްދުﷲ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ބޯޓުތަކުގެ ދަތުރު ކުރިއަށް ގެންދިއުމަށް ކަނޑުގެ ބޯޑަރުން އެ ބޯޓުތައް ނެރުމަށް ފަހު ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދީ އެމްއެމްއީއޭ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން، ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި ބޯޓުތަކުގެ ހަރަކާތްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޑިރެކްޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު މެލޭޝިއާގެ ލަންގްކާވީއަށް ރޮހިންޖާ ދަރިކޮޅުގެ މީހުންގެ ބޯޓެއް ލައްވުމުން އެ ގައުމުގެ ފުލުހުން ވަނީ އެ 200 އެއްހާ މީހުން ހިފަހައްޓައިފައެވެ. ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާލިބެމުންދާއިރު، ގިނަ ބަޔަކު ފިލައިގެން ދަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިއާ ނުވަތަ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކަށެވެ.
މިފަދަ އެތައް ހާދިސާތަކެއް މިފަހަކުން ހިނގާފައިވާކަމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް